ގައުމެއް ލޫޓުވަމުންދާއިރު އެ މަންޒަރުބަލަން ތިބެގެން ނުވާނެކަމަށް ބުނެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރުން ސުޕްރީމް ކޯޓުގައި "އަތްލީ" ހިސާބުން ފަހަރަކު ކަމަކުން ކަމެއް ހަލާކު ކުރަމުންދާނެކަން ރައްޔިތުންނަށް އެނގެން ޖެހޭކަމަށެވެ. އެ ދުވަހު އެކަން ކުރުމަށްފަހު މިއަދު އެ ގެންދަނީ ނޫސްވެރިން މުށުތެރެއަށް ލުމުގެ މަސައްކަތް ކުރަމުންކަމަށާއި އެކަންކަން ހުއްޓުވުމަށް ފަހަތަށް ޖެހިގެން ނުވާނެކަމަށް ޣަފޫރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ، މިއަދު މި ސަރުކާރުން ހިންގާ އެ ފަދަ ކަންކަން ހުއްޓުވަން ނޫޅެފިނަމަ އަނބުރާ ބޭނުންވާ ހިސާބަށް ދެންް ނުދެވިދާނެކަމަށެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ގެންދަވަނީ އެއްވެސް ބަލާލުމެއް ނެތި ނުކުރެވޭނެކަންކަން ވެސް ކުރެވޭނެކަމަށް ބުނެ ވައުދުވަމުން ކަމަށެވެ. އެގޮތުން އޭނާގެ ދާއިރާއަށް މިފަހުން ވީ ވައުދުތަކަކީ ވެސް ފުއްދޭނެ ކަންކަން ނޫންކަމަށް ވިދާޅުވެ އެގޮތަށް ވައުދު ނުވުމަށް ވަނީ ގޮވާލައްވާފައެވެެ.

ކިޔުންތެރިންގެ ހިޔާލު