ދިވެހި ގައުމުގެ މުސްތަޤުބަލު ގުޅިފައިވަނީ ދާދި ފަހުން އަމިއްލައަށް ރޭސިން ކާރެއް އުފެއްދި ޒުވާން އިންޖިނިއަރު، އައިޒަން ފަދަ ހުނަރުވެރި ކުދިންނާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
16 އަހަރުގެ އައިޒަން އަކީ ކުޑައިރުއްސުރެވެސް އަބަދުވެސް ކޮންމެވެސް ކުޅޭ އެއްޗެއް ރޫޅައިގެން ނުވަތަ، ފޮށިގަނޑާއި ތަފާތު އެކި އެއްޗެހި ތައްޔާރުކުރަމުން އައިސްފައިވާ ކުއްޖެކެވެ. މި މަސައްކަތުގެ ތެރެއިން ބޮޑުވި އައިޒަން ބޭނުންވީ އިންޖިނިއަރަކަށް ވާށެވެ. އަދި އަމިއްލަ ކާރެއް އުފެއްދުމަކީ އޭނާގެ ހުވަފެނެކެވެ.
އެ ހުވަފެނުގައި އޭނާ ކުލަ ޖެއްސީ އަމިއްލައަށެވެ. އެގޮތުން ޖޫން މަހު އޯލެވެލް ނިންމުމަށްފަހު ކާރު ހެދުމަށް ބޭނުންވާ ތަކެތި ހޯދައި، އަމިއްލައަށް ވެލްޑިން ކުރުން ފަދަ މަސައްކަތްތައް އޭނާ ދަސްކުރިއެވެ. އެތައް ވަގުތެއް ހޭދަކޮށްގެން ކުރި ބުރަ މަސައްކަތުން އޭނާގެ ރޭސިން ކާރު ނިންމާލީ ދެ މަހާއި 10 ދުވަހުންނެވެ.

އައިޒަން އުފެއްދި ކާރު
މި ކާރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭނާ މި ރޭސިން ކާރު ތައްޔާރުކޮށްފައިވަނީވެސް އަދި މީގެ ކުރިން ތައްޔާރުކޮށްފައި ނުވާފަދަ ގޮތަކަށެވެ.
ކުރީގެ ނައިބު ރައީސް މިއަދު ވަނީ އައިޒަންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވަނީ އައިޒަންއަށް މަރުހަބާ ވިދާޅުވެފައެވެ.
"އައިޒަންގެ މަންމަ ވިދާޅުވި ގޮތުގައި އައިޒަން އަކީ ކުޑައިރުއްސުރެ އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިވާ ކުއްޖެއް، އަދި މި ރޮގުން ކުރިއަށްދާން ބޭނުންވާ ކުއްްޖެއް،" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ގައުމުގެ މުސްތަގުބަލު ގުޅިފައިވަނީ މިފަދަ ހުނަރުވެރި ކުދިންނާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު