ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 9.2 އިންސައްތައިން އިތުރުވެރފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި މަހުގެ 1 އިން 27 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮގަސްޓު މަހުގެ ތެރޭގައި މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގައެވެ. އެގޮތުން އެ ދުވަހު 7177 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޖެނުއަރީ މަހުގައެވެ. އެ މަހު 214،863 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
އަދި ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން އެ މަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 7،646 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އައި މިންވަރު އެންމެ ބޮޑަށް އިތުރުވެފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ އަހަރުގެ އެޕްރިލް މަހާއި އަޅާބަލާއިރު މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ފަތުރުވެރިން އައި މިންވަރު 17.8 އިންސައްތަ އިތުރުކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު