މިއަދު ރާއްޖެ މިދެކޭ ތަރައްޤީގެ ހަގީގީ މޭސްތިރިންނަކީ މިގައުމުގެ ޓޫރިޒަމް ސިނާއަތަށް އިންވެސްޓްކުރި ދިވެހި ވިޔަފާރިވެރިން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ ކަމަށްވާ، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ތަރައްގީގެ ހަގީގީ މޭސްތިރިންނަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންވެސްޓުކުރި ދިވެހި ވިޔަފާރިވެރިންކަން ފާހަގަކުރައްވަމުން ޝަމްހީދު ވިދާޅުވީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ކޮލި މުޙައްމަދު އުމަރު މަނިކަކީ އެފަދަ މުހިންމު ހިދުމަތްތަކެއް މި ޤައުމަށް ކޮއްދެއްވި އަގުހުރި ހިދުމަތްތެރިއެއް ކަމަށެވެ.
"ގައުމުގެ ހަގީގީ ބަތަލުންނަކީ މިފަދަ މީހުން،" ޝަމްހީދު ވިދާޅުވިއެވެ.
މިޤައުމުގައި ދެވޭ އެންމެމަތީ ޝަރަފާއި އިހުތިރާމް އެމްޔޫ މަނިކުފަދަ ބޭފުޅުންނަށް ހައްގުވާއިރު، މިފަދަ ބޭފުޅުންގެ ހިދުމަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކޮށް އެބޭފުޅުންގެ ޒިކުރާރާއަބަދުމެ އާކުރަން ޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.
"އެމަނިކުފާނަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން،" ޝަމްހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު