މަރްޔަމް ނަހްދާ ވަޙީދު   1 ސެޕްޓެމްބަރު 2025 - 7:7
ބާގީ 4 ގެ ޕޯސްޓަރު
ބާގީ 4 ގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝްރޮޕް ލީޑުން ފެނިގެންދާ ބާގީ ފްރެންޗައިސްގެ 4 ވަނަ ބައި، "ބާގީ 4" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ޓްރެއިލާ ފެށިގެން އަންނަ އިރު ވިލަންތަކަކާ އޭނާގެ ކެރެކްޓަރު ހަނގުރާމަކުރާތަން ފެނެއެވެ. އަދި ތަފާތު އެކި އެކްޝަން ސީކުއެންސްތައްްވެސް ޓްރެއިލާ އިން ފެނެއެވެ.

މި ފިލްމު ޓީޒަރު ދައްކާލުމުން އެކި ކަހަލަ ކޮމެންޓުތައް ލިބުނުއިރު ބައެއް މީހުން ވަނީ މި ފިލްމުގައި ރަންބީރު ކަޕޫރުގެ 'އެނިމަލް' އާ ވަރަށް އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައެވެ.

މި ފިލްމުން ޓައިގާގެ އިތުރުން ހަރްނާޒް ސަންދޫ، ސަންޖޭ ދަތު، ސޯނަމް ބަޖްވާ، ޝްރެޔާސް ތަލްޕާޑޭ އަދި ސައުރަބް ސަޗްދޭވާ ފަދަ ތަރީން ފެނިގެންދާނެއެވެ.

ފިލްމުގައި ވިލަންގެ ރޯލު ކުޅެނީ ސަންޖޭއެވެ. އަދި ޓައިގާގެ ލޯބިވެރިޔާގެ ގޮތުގައި ފެންނާނީ ހަރްނާޒް ސަންދޫއެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 5 ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް