ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިވަނީ 2955 މީހުންކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.
އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ސޮއިކުރުމަށް ތާވަލު ކުރެވުނު އެއްބަސްވުންތަކުގެ ޢަދަދަކީ 3070 އެވެ. މީހެ ތެރެއިން 2955 އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ކަމަށް އެފްޑީސީން ހާމަކުރެއެވެ.
އެފްޑީސީން ބުނީ މިއީ އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު އެއް ލަނޑުދަނޑި ކަމުގައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާއިރު ބޭނުންވާ ލިޔެކިޔުންތަކަށް ސަމާލުވުމަށް އެފްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު