އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރިން ކަމާލް ހާސާން އާއި ރަޖްނީކާންތު ޒަމާންތަކަކަށްފަހު އެކުގައި މަސައްކަތް ކުރަން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މިކަން ކަމާލް ވަނީ ސައުތު އިންޑިއަން އިންޓަނޭޝަނަލް މޫވީ އެވޯޑްސް (އެސް.އައި.އައި.އެމް.އޭ) ގައި އިއުލާން ކޮށްފައެވެ. ފިލްމު އިއުލާންކުރަމުން އޭނާ ބުނީ އޭނާއާއި ރަޖްނީކާންތުއާ ދެމެދު އެއްވެސް ވާދަވެރިކަމެއް ނެތް ކަމަށެވެ.
ފިލްމާ ގުޅޭ ތަފްސީލެއް ކަމާލް ހާމަކޮށްފައި ނުވީނަމަވެސް، އަޑުފެތުރިފައިވަނީ މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ލޯކޭޝް ކަނަގަރާޖްގެ ޑައިރެކްޝަނެއްގެ ގޮތުގައެވެ.
ރަޖްނީކާންތު އާއި ކަމާލް ވަނީ އެމީހުންގެ ފިލްމީ ކެރިއަރުގެ ފުރަތަމަ ކޮޅުގައި ވަރަށް ގިނަ ކްލެސިކް ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "އަޕޫރްވާ ރާގަންގަލް"، އަދި "އަވަރްގަލް" ފަދަ ފިލްމުތައް ހިމެނެއެވެ.
މި ދެތިން އަހަރުތަކަކަށްފަހު އެކުގައި މަސައްކަތް ކުރަން ނިންމުމުން ފިކްމު ނެރޭނެ ދުވަހަކަށް 'ފޭނުން' ތިބީ ކެއްމަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު