ބޮލީވުޑްގެ ސުޕަސްޓާރ ތަރި ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު "ބެޓަލް އޮފް ގަލްވާން" ގެ ޝޫޓިން ފަށައިފިއެވެ.
މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި އޭނާ ހިއްސާ ކުރި ފޮޓޯގައި އޭނާ ހުރީ ސިފައިންގެ ޔުނިފޯމެއްގައެވެ. ހަމައެއާއެކު ބޮޑު މަތިމަހެއް ހުރިއިރު އޭނާ ސިފަވެގެން ދަނީ ވަރަށްވެސް ގައުމީ ރޫހު ހުރި މީހެއްގެ ގޮތުގައެވެ.
މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އަދި ޗައިނާގެ ސިފައިންގެ މެދުގައި، ގަލްވާންގައި ހިނގައިދިޔަ ހަމަނުޖެހުމަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓުކުރާނީ މަޝްހޫރު ޑައިރެކްޓަރު އަޕޫރްވާ ލަޚިއާއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމު އުފެއްދުމަށް ހަމަޖެހިފައިވަނީ ވަރުގަދަ ކާސްޓަކާއެކު އެވެ. އަދި މިއީ އިންޑިއާގެ ހަތިޔާރުއެޅި ސިފައިންނަށް އެންމެ އަސަރުގަދަ ސިނަމެޓިކް ޓްރިބިއުޓް ކަމަށް ވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު