ޤަވާއިދާ ޚިލާފަށް މީޑިއާބިލުގެ ކޮމިޓީ ބައްދަލުވުން ސިއްރު ކުރީ ހަޑިހާވަންވެގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ ސަރުކާރު ފަހަތުގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށައެޅި މީޑިއާ ކޮންޓްރޯލް ބިލުގެ ކޮމިޓީ މަސައްކަތް ސިއްރުން ކުރިއަށް ގެންދާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރި ނޫސްވެރިން ގަދަކަމުން މިއަދު ކޮމިޓީ ރޫމުން ބޭރު ކުރުމާ ގުޅިގެންނެވެ.
އެގޮތުން އެކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރަށްވާ މީކާއީލް ވިދާޅުވީ މިއަދު ކުރިއަށް ގެންދަނީ، އެޓާނީ ޖެނެރަލް އުޝާމް ފޮނުއްވި ހިޔާލުތަކާއި އެނޫންވެސް އެހެން މުއައްސަސާތަކުން ފޮނުވި ހިޔާލުތައް ކަމަށެވެ. އަދި އުޅެނީ ހަޑިހާވަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އެބޭފުޅުންނަށްވެސް އެނގޭ މިހެދެނީ ވަރަށް ބޮޑު ގޯހެއްކަން. އެހެންކަމުން އެ ހަޑިހާވާ މަންޒަރު ޕަބްލިކަށް ފެންނަން ބޭނުން ނުވަނީ. އެހެންނަމަވެސް ހަމަ ހަޑި ހާވަމުން ދެއްތޯ ސިއްރުން ވިޔަސް ފާޅުގަވިޔަސް އެގެންދަވަނީ. މިއަދު އެބޭފުޅުން އޭގެ މަސައްކަތް ނިންމާނެ ކަމަށް މިބަލަނީ” މީކާއީލް ވިދާޅުވެފައިވެއެވެ.
މީކާއީލް މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ޤަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލުކުރުމުން ޖަވާބެއް ދިނުމެއްނެތި، އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ގަދަކަމުން ވަނީ ކޮމެޓީ ރޫމުން ނެރެފައެވެ.
ބިލާ ދެކޮޅަށް މީޑިއާތަކުން އަޑުއުފުލަމުން ދާއިރު، މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ބިލު ދިރާސާކުރާ ކޮމެޓީން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ

Miadhu committee sirru kuree gavidhaa hilaafah: @MickailNaseem #CtrlBillBeyrukurey pic.twitter.com/5S6URsNIZU
— Muzayyin Nazim (@tedmaldives) September 10, 2025
މީކާއީލް މިހެން ވިދާޅުވެފައިވާއިރު، މިއަދުގެ ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ޤަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ ނޫސްވެރިން ސުވާލުކުރުމުން ޖަވާބެއް ދިނުމެއްނެތި، އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ގަދަކަމުން ވަނީ ކޮމެޓީ ރޫމުން ނެރެފައެވެ.
ބިލާ ދެކޮޅަށް މީޑިއާތަކުން އަޑުއުފުލަމުން ދާއިރު، މީޑިއާ ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލާމެދު މަޝްވަރާ ކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެބިލް ޖެހޭނީ އަނބުރާ ގެންދަން ކަމަށް ރާއްޖޭގެ ތަޖުރިބާކާރު ބައެއް ނޫސްވެރިންވެސް ވިދާޅުވެފައިވެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ބިލަށް އަމަލު ކުރަން ފެށުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަންޖެހޭނެ ކަމަށެވެ. އެ ކޮމިޝަން އުފެދުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވޭނެއެވެ. ހަމައެހެންމެ، މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މީޑިއާ ވަސީލަތްތަކަށް 100،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
އޭގެއިތުރުން، މައްސަލައެއް ބަލައި ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުމާއި، ފަހުން ކޯޓަށް ގޮސްގެން ވެސް ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވިދާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލަމުން ދަނިކޮށް، ނޫސް ވެބްސައިޓެއް ބްލޮކް ކުރުން ނުވަތަ ޓީވީގެ ބްރޯޑްކާސްޓު ހުއްޓުވަން އެންގުމުގެ ބާރުވެސް ކޮމިޝަނަށް ލިބޭނެއެވެ.
ބިލު ދިރާސާކުރާ ކޮމެޓީން ނިންމާފައިވަނީ މީޑިއާ ކޮންޓްރޯލް ކުރާ ބިލު މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ
ކިޔުންތެރިންގެ ހިޔާލު