އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާ ގުޅިގެން، އެކަމަށް ސަރަހައްދީ ފެންވަރުގައި ޖަވާބު ދޭންޖެހޭ ކަމަށް ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލަސާނީ ވިދާޅުވެއްޖެއެވެ.
ސީއެންއެންއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ގަތަރުގެ ބޮޑުވަޒީރު ވިދާޅުވީ، މި ހަމަލާއާ ގުޅިގެން ސަރަހައްދުގެ އެހެން ގައުމުތަކާއެކު މަޝްވަރާކުރަމުންދާ ކަމަށާއި، ގަތަރުން ރައްދު ޖަވާބު ދޭނެ ކަމަށެވެ.
އަދި މުޅި ސަރަހައްދުގެ ސަލާމަތަށް ނަތަންޔާހޫއާ ހެދި ނުރައްކާވެފައިވާ ކަމަށް ވެސް ބޮޑުވަޒީރު އަލަސާނީ ވިދާޅުވިއެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މުޅި ސަރަހައްދު ހަލަބޮލިކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލަސާނީ ވިދާޅުވީ އިސްރާއީލުން ކުރަމުންގެންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ގަތަރުގައި ސަރަހައްދީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި ސަރަހައްދުގެ ގައުމުތަކުން ޤާނޫނީ ޓީމެއް އެކުލަވާލައި، ނަތަންޔާހޫގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވުމުގެ ދަޢުވާ އުފުލުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ބޮޑުވަޒީރު ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު