މަރްޔަމް ނަހްދާ ވަޙީދު   11 ސެޕްޓެމްބަރު 2025 - 10:38
އަބީރް ގުލާލްގެ ޕޯސްޓަރެއް-
އަބީރް ގުލާލްގެ ޕޯސްޓަރެއް-
ޕާކިސްތާނުގެ ތަރި ފަވާދް ޚާންގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމު "އަބީރް ގުލާލް" މާދަމާ ސިނަމާތަކަށް ނެރޭނެ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފިއެވެ.

އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ ވާނީ ކަޕޫރެވެ. މީގެ އިތުރުން މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަރްމީތު ސޭތީ، ރިދީ ޑޮގްރާ، ލީޒާ ހޭޑަން، ފަރީދާ ޖަލާލުގެ އިތުރުން މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރާޒްދާން ވެސް ހިމެނެއެވެ.

މި ރޮމޭންޓިކް ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އާރްގީ ބަގްޅީ އެވެ.

"އަބީރް ގުލާލް" އަކީ ފަވާދުގެ ހަތަރު ވަނަ ބޮލީވުޑް ފިލްމެވެ. އޭނަ ކުރިން ކުޅުނު ހިންދީ ފިލްމުތަކަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އާއި އެ އަހަރުގެ "ކަޕޫރް އެންޑް ސަންސް" ގެ އިތުރުން 2014 ގެ "ހޫބްސޫރަތު" އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް