ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި ގާއިމް ކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކަށް، ޔުނިޓު ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެފްޑީސީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފުލެޓު ލިބޭ ފަރާތްތަކަށް، ފުލެޓު ހަވާލުކުރުމުގެ މަސައްކަތް، އެ ކޯޕަރޭޝަންގެ ޕޯޓަލުން މިއަދު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެ ކޯޕަރޭޝަންގެ ޕޯޓަލް އާއި، އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑި ހަވާލުކުރުމަށް ތާވަލުކުރެވެމުންދާނެ ކަމަށް އެފްޑީސީން ވަނީ ހާމަކޮށްފައެވެ.
އެފްޑީސީން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ އެއްބަސްވުމުގައި ސޮއިކުރެވުނު ފަރާތްތަކާ ވީހާވެސް އަވަހަކަށް ޔުނިޓުތައް ހަވާލުކޮށް، ތިންމަސް ދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު