ވަގު ސަނަދުތައް ހުށަހަޅާ މައްސަލަ ބޮޑުވެފައިވަނިކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ސެޓްފިކެޓްތަކުގައި ހަމައެކަނި އެތަނުން އެޓެސްޓުކުރާ ނުވަތަ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.
ފޭކް ސެޓްފިކެޓް ހުށަހަޅާ މައްސަލަތައް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. އޭގެ ބައެއް މައްސަލަތައް ފުލުހަށް ވެސް ވަނީ ހުށަހަޅާފައެވެ.
މީގެކުރިން އެމްކިއުއޭ އާއި ދައުލަތުގެ އެހެން އިދާރާތަކުން ވެސް ދޫކުރާ ތައުލީމީ ލިޔުންތައް ވަކީލުންނާއި ލޯފާމްތައް މެދުވެރިކޮށް އެޓެސްޓް ކުރެވެއެވެ. އެހެންނަމަވެސް އާ އުސޫލާއެކު އެމްކިޔުއޭއިން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެ އޮތޯރިޓީއަށެވެ.
އެމްކިޔުއޭއިން ބުނީ މިފަދަ އުސޫލެއްގެ މަގުސަދަކީ އެމްކިޔުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީ ގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުމުގެ އިތުރުން އަދި އެ އޮތޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
އެމްކިއުއޭގެ އުސޫލުގައި ބުނެފައިވާ ގޮތުގައި އެތަނުން ދޫކުރާ ލިޔުންތަކުގެ ތެރެއިން އެޓެސްޓުކޮށްދޭނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ އާއި، ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ އާއި، އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ އަދި ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީއެވެ.
އެ އުސޫލުގައިވާ ގޮތުން ލިޔެކިޔުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުމަށް 10ރ. އާއި 20ރ. ދެމެދުގެ ފީއެއް ނަގާނެއެވެ.

ކިޔުންތެރިންގެ ހިޔާލު