ބ. ދޮންފަނު ފަރު ސަރަހައްދަށް ޑައިވްކުރުން މަނާކުރި ނިންމުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން، ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާކޮށް މުޒާހަރާތަކެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި، އެ ސަރަހައްދުތަކުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީއާއި ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތް ކަމެއް ކަމަށް ފެންނާތީ، އެ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅައި އަންގަންދެން އެ ރަށުގެ 700 މީޓަރު ސަަރަހައްދުގައި އެއްވެސް ފަރާތަކުން ފީނުމާއި ޑައިވްކުރުމަކީ މަނާކަމެއް ކަމަށެވެ.
އެ އިއުލާނާ ގުޅިގެން އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ގުދުރަތީ ނުވަތަ ޠަބީއީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަހައްދުތައް ވަކި ކައުންސިލެއްގެ އިހުތިސާސްކަމުގައި ކަނޑައެޅިފައިވިޔަސް، އެތަންތަނުގައި ގާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ހައްގު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
އެ ގާނޫނީ ހަމަތަކަށް ރިއާޔަތްކުރާ އިރު، ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީގޮތުން މަނާކޮށް ދޮންފަނު ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ.
މިފަދަ ނިންމުންތައް ނިންމުމުގެ އިހުތިސާސް ކައުންސިލަށް ލިބިގެންނުވާތީ، ކައުންސިލުން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް އެލްޖީއޭއިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު