ކާތިކް އާއި އަނަންޔާގެ ފިލްމުގެ ޕޯސްޓަރު-
ކާތިކް އާއި އަނަންޔާގެ ފިލްމުގެ ޕޯސްޓަރު-
ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ކާރްތިކު އާރިޔަން އާއި އަނަންޔާ ޕާންޑޭގެ ކުރިއަށް އޮތް ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ނެރޭ ދުވަސް އަވަސްކޮށްފިއެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންއިން އުފެއްދި މި ފިލްމުގެ ޝޫޓިން ނިމުނީ މިމަހު ކުރީކޮޅެވެ.

މި ރޮމޭންޓިކް ކޮމެޑީ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ކުރިން ނިންމާފައި އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 13 ގައެވެ. އެހެންނަމަވެސް ދަރްމާ ޕްރޮޑަކްޝަންސްއިން ބުނީ މި ފިލްމު މިހާރު ޑިސެމްބަރު 31 ގައި ނެރެން ނިންމާފައިވާ ކަމަށެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ދަރުމާގެ ފިލްމަކުން ކާތިކް ފެންނާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އަނަންޔާއާ އެކު އޭނަ ކުޅޭ ދެވަނަ ފިލްމެވެ.



ކިޔުންތެރިންގެ ހިޔާލު