މިއަހަރު ނެރުނު ފިލްމު "ކޫލީ" ގައި ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ރަޖްނީކާންތުއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާން ބުނެފިއެވެ.
މި ފިލްމަކީ އާމިރު ސައުތު ސިނަމާއަށް ތައާރަފްވި ފިލްމެވެ. މި ފިލްމުގައި އޭނާގެ ވަރަށް ހާއްސަ ފެނިލުމެއް ވަނީ ދައްކާލާފައެވެ.
އާމިރު މިހެން ބުނެފައިވަނީ އޭނާ އާއި ބޮލީވުޑްގެ ތަރިން ފިލްމަށް ފާޑުކީކަމަށް ބުނެ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އިންޓަނެޓުގައި ދައުރުކުރަމުން އަންނަ އިންޓަވިއުގައި އެ ފިލްމަށް ސޮއިކުރެވުނީތީ މިހާރު ދެރަވާ ކަމަށް އާމިރު ބުނާތަން ވަނީ ދައްކާފައެވެ. އެކަމާ ގުޅޭގޮތުން އޭނާ ބުނީ "ކޫލީ"އަށް ބޮލީވުޑް އެކްޓަރުން ފާޑުކީ ކަމަށް ބުނެ ދައުރުކުރަމުންދަނީ ސްކޭމް ވީޑިއޯތަކެއް ކަމަށެވެ.
އަދި އެއީ މުޅިން ދޮގު ޚަބަރެއް ކަމަށާއި އެ އިންޓަވިއުއާ ގުޅިގެން މީޑިއާގައި ދައުރުވަމުން އަންނަ ޚަބަރުތަކާއި ޕޯސްޓުތަކަކީ އެއްވެސް ހަގީގަތެއް ނެތް ރިޕޯޓުތަކެއް ކަމަށް އާމިރުގެ ޓީމުން ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނީ ފިލްމު "ކޫލީ"ގައި އެކްޓަރު ރަޖިނީކާންތުއާ އެކު މަސައްކަތް ކުރަން ލިބުމުން އެކަމާ ވަރަށް އުފާވި ކަމަށާއި ފިލްމުގައި އާމިރުގެ ކެރެކްޓާއަށް އެއްވެސް އަގެއް ނުނަގާ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު