މަޝްއަރު ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއްގެ ޓިކެޓްތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކް ބައުންސްވި މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓްގައި ވަނީ، މަޝްއަރު ގްރޫޕުން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށް ފަހު، އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 390،126 ރުފިޔާ ނެގޭގޮތަށް އޭސް އޭވިއޭޝަން ސާވިސް އަށް ދޫކުރި ޗެކާއި 156،050 ރުފިޔާ ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތި ޗެކްތައް ބައުންސް ވެފައިވާ ކަމަށެވެ.
ނަމަވެސް ކޯޓުގައި ފާރިޝް ބުނެފައިވަނީ ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި، އެގޮތުން ފުރަތަމަ 100،000 ރުފިޔާ ޖަމާކޮށްދިން ކަމަށެވެ. އަދި ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކަކަށް ވީނަމަވެސް ދަތުރުކޮށްފައި ވަނީ ޖިއްދާ-މާލެ ސެކްޓާ އެކަނި ކަމަަށާއި، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލް ކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެ މައްސަލައިގައި ކޯޓުން ކުރި ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އަދި ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ފާރިޝް ޖަލަށް ލުމަށްވެސް ހުކުމްގައިވެއެވެ. އޭގެއިތުރުން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 406،321 ރުފިޔާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު