ދިޕިކާ "ކަލްކީ" ގައި-
ދިޕިކާ "ކަލްކީ" ގައި-
މިދިޔަ އަހަރު ނެރުނު ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" ގެ ބަތަލާ ދިޕިކާ ޕަދުކޯން އޭގެ ސީކުއެލްގައި ހިއްސާ ނުވާން ނިންމައިފިއެވެ.

އެކަން ކަށަވަރުކޮށްދެމުން ފިލްމުގެ ޓީމުން ބުނީ ދީޕިކާ ނެތްތަން ފޫބައްދާނެ އެހެން ސްޓާރަކު ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

""ކަލްކީ" އަކީ މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްބިން ގެނެސްދިން ފިލްމެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ތެލަގޫ ތަރި ޕްރަބާސްގެ އިތުރުން ބޮލީވުޑްގެ މެގަސްޓާރު އަމީތާބު ބައްޗަން ވެސް ހިމެނެއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމުގައި ދީޕިކާ ކުޅުނީ ސުމާތީ ކިޔާ ކެރެކްޓާއެކެވެ. "ކަލްކީ" ގެ ސީކުއެލް ނުކުޅެން ދީޕިކާ ނިންމި ނަމަވެސް އެގޮތަށް ނިންމި ސަބަބެއް އޭނަ ހަމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު