އައްބާސް، އެމްޑީއޭގެ ލީޑަރ ސިޔާމްގެ އަރިހުގައި
އައްބާސް، އެމްޑީއޭގެ ލީޑަރ ސިޔާމްގެ އަރިހުގައި
އެމްޑީއޭ އަކީ ސިޔާސީ ގޮތުން ބާރުގަދަ ޕާޓީއަކަށް ހެދުމުގެ އަމަލީ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި އައްބާސް ވިދާޅުވީ، އެމްޑީއޭ އަކީ ސިޔާސީ ގޮތުން ވަރުގަދަ ޕާޓީއަކަށް ހެދުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ކައުންސިލް އިންތިޚާބުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން އެމްޑީއޭގެ ކެނޑިޑޭޓުން ނެރުއްވާނެ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ނ. އަތޮޅުގެ ކޮންމެ ރަށަކުން ކެޑިޑޭޓުން ނެރުމުގެ އަމަލީ މަސައްކަތް ފަށައިފިން..." އައްބާސް ވިދާޅުވިއެވެ.

ހަމައެއާއެކު އައްބާސް ވިދާޅުވީ، ނ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހާލު ބެލުމާއި، ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި ކޮންމެ ރަށެއްގެ އެމްޑީއޭ ގެ އިސްބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށްޓަކައި ކޮންމެ މަހަކު ނ. އަތޮޅުގެ ކޮންމެ ރަށަކަށް އެމްޑީއޭ ގެ ލީޑަރޝިޕް ދަތުރުކުރާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ސިޔާސީ ގޮތުން ބާރުވެރިވުމުގެ މަސައްކަތް އެމްޑީއޭ އިން ފަށާފައިވާއިރު، އެމް.ޑީ.އޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ލީޑަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް