މި ސަރުކާރުން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8000 އަށްވުރެ ގިނަ ބިދޭސީން ހޯދައި ޑީޕޯޓް ކޮށްފިއެވެ.
މިކަން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ މިސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މަޢުލޫމާތު ހޯދާފައިވާ ކަމަށެވެ.
އަދި ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުކުރެވި ގިނަދުވަސްވެފައިވާ މައްސަލައެއްކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ މިހާތަނަށް އެކަމަށް ޙައްލެއް ހޯދުމަށް މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.
އޭގެއިތުރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިއަދު ގައުމީ ފެންވަރުގެ ބޮޑު މަޝްރޫއެއް ފައްޓަވާނެކަންވެސް ރައީސް އިއުލާނުކުރެއްވިއެވެ.
އެ އޮޕަރޭޝަންގެ ދަށުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކޮށް، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެކަން ކުރައްވާނީ ބޮޑަތި ރަށްރަށަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު