ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ، އެކަން ހުއްޓުވުމަށްޓަކައި ބޭންކު އެކައުންޓުތަކުން ފައިސާ ދައުރުވާ ގޮތް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބިދޭސީން ވިޔަފާރިކުރާ ކަމުގެ ޝަކުވާ ލިބިގެން ބަލާއިރު، ގިނަ ފަހަރަށް އެ ވިޔަފާރިތަކުގެ ރަސްމީ ވެރިފަރާތަކަށް އޮންނަނީ ދިވެއްސެއް ކަމަށެވެ. މިގޮތަށް ދިވެހި ވެރިފަރާތުން ތަން ކުއްޔަށް ދިނުމަށްފަހު ނުވަތަ ކައުންޓަރުގައި ބިދޭސީއަކު ބެހެއްޓުމުގެ ސަބަބުން، އާންމުންނަށް އެއީ ބިދޭސީއަކު ހިންގާ ވިޔަފާރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް، ގާނޫނީ ގޮތުން އެކަން ސާބިތުކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ވިޔަފާރީގެ ލިޔެކިޔުންތަކުގައި ދިވެއްސެއްގެ ނަން އޮތް ނަމަވެސް، އެއީ ގަވާއިދާ އެއްގޮތަށް ހިންގާ ތަނެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މިގޮތުން، އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ސައްހަ ވިސާގައި ތިބި ބައެއްތޯ ބެލުމަށް ހޯމްލޭންޑް މިނިސްޓްރީއާއި އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ވަގުތުން ފިޔަވަޅު އަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިޒްނަސް ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރިތަކުން ފައިސާ ދައުރުވާ ގޮތް މީރާގެ ތެރެއިންނާއި ބޭންކު އެކައުންޓުތައް މެދުވެރިކޮށް ބެލުމަކީ މުހިންމު ކަމެއް ކަމަށް ލަފާލިބިފައިވާ ކަމަށެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މިއީ ބޭންކުތަކާއި، ހޯމްލޭންޑް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހިމެނޭ ބޮޑު މަސައްކަތަކަށް ވާތީ، މުޅި ނިޒާމަށް ކުއްލި ބަދަލެއް ގެނައުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ނިޒާމީ މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް މުޅިން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު