އަވަށްޓެރި ސްރީލަންކާގެ ކަމާބެހޭ އޮތޯރިޓީތަކުން ހުއްދަ ދީފައިވާ މިންގަނޑުތަކާ ޚިލާފަށް މަތީ ތަޢުލީމުދޭ ޕްރޮގުރާމްތަކެއް ހިންގަމުންދާތީ، އެޤައުމުގައި ކިޔެވުމަށް ދިޔުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އެމްކިޔުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް، އެޤައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެއިތުރުން، ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް ހިންގާ ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގާކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްކިޔުއޭއިން ވަނީ މިފަދަ ޤަވާއިދާ ޚިލާފު ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް ޤަބޫލުނުކުރާނެ ކަމަށް ބުނެފައެވެ. އަދި ލަންކާއަށް ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ މުހިންމު ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ސްރީލަންކާގެ މަތީ ތަޢުލީމީ ނިޒާމުގައި، ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެނީ ހަމައެކަނި ހަޔަރ ޑިޕްލޮމާއިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. ޑިގްރީއަށްވުރެ މަތީ ފެންވަރުގެ ޕްރޮގްރާމްތަކަށް ހުއްދަ ދިނުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަށް ކަމަސް އެމްކިއުއޭ އިން މަޢުލޫމާތުދެއެވެ.
އެމްކިޔުއޭއިން ބުނީ، އެ އޮތޯރިޓީން ޤަބޫލުކުރާނީ ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް އެކަނި ކަމަށެވެ.
އަދި އެޕްރޮގްރާމްތަކަކީ، ލަންކާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކަށް ވާންޖެހޭނެ ކަމަށްވެސް އެބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު