ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް
ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް
އދ. އާއެކު މިހާތަނަށް ކުރެވިފައިވާ މަސައްކަތުން އެކި ދާއިރާތަކުން ގިނަ ކުރިއެރުންތަކެއް ހޯދިފައި ވާކަމަށް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އދ. ގެ ބައިވެެރިއަކަށް ވީތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

ދިވެހިރާއްޖެ އދ. މެންބަރު ޤައުމަކަށްވީ 1965 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ހިއްސާކުރެއްވި ޕޯސްޓުގައި މިނިސްޓަރ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެއާއި އދ. ގެ ގުޅުމުގެ ދަށުން ތަރައްޤީ ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް އދ. އާއި ގުޅިގެން މުހިންމު މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން އދ.އާއެކު މިހޭދަ ކުރި 60 އަހަރުގެ ދަތުރުން، ދައްކުވައިދެނީ ކުދި ޤައުމުތަކަށްވެސް އދ. ނިޒާމުގެ ތެރެއިން މަޝްވަރާތަކުގައި ބައިވެރިވެ ކަންކަމުގައި ޢަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރެވޭނެކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަޅުގަނޑުމެންގެ ކުރިއެރުމަށާއި ދުނިޔޭގެ މަސްރަޙުގައި އަޅުގަނޑުމެން އަދާކުރާ ހަރަކާތްތެރި ދައުރުގައި މައިގަނޑު ރޯލެއް އަދާކޮށްފައިވަނީވެސް އދ. ގެ ޕާޓްނަރޝިޕް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ޕޯސްޓު ނިންމާލާފައިވަނީ އދ. އާއެކު ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކޮށް، މިހާރުގެ އަދި ކުރިއަށް އޮތް ޖީލުތަކަށް ސުލްޙައާއި، ސަލާމަތްތެރިކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީ ބިނާކުރުމަށް ހުރިހާ ޤައުމުތަކަކާއެކު މަސައްކަތްކުރުމަށް ރާއްޖެއިން ގެންގުޅުއްވާ ވަރުގަދަ އަޒުމު އަލުން ހާމަކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު