ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް އަލަތު ދަރިފުޅަށް ބަލިވެއިންކަން މިހާރު ކަށަވަރުވެވައި ވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ކެޓްރީނާއާއި ފިލްމީ ތަރި ވިކީ ކޯޝަލް އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ޔަގީންވެފައިވާއިރު، މީޑިއާތަކުން ބުނީ ކެޓްރީނާ ވިހާނެ ކަމަށް ލަފާކުރެވޭ ތާރީހުވެސް މިހާރު އެނގިފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިހާނީ އަންނަ މަހުގެ 15-30 އާ ދޭތެރޭގައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ 2021 ގައެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ކެޓްރީނާ ބަލިވެއިންކަމުގެ އަޑުތަކެއް ފެތުރުނެވެ.
އަދި މިހާރު އޭނާ ބަލިވެއިންކަން ކަށަވަރު ކަމަށް މީޑިއާތަކުން ބުނި ނަމަވެސް ދެމަފިރިންގެ ފަރާތުން މިހާތަނަށް އެކަމާ ބެހޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މި ފަހުން ކެޓްރީނާ އެއްވެސް ވަރަކަށް ބޭރުތެރެއިން ނުފެނުމާއި ޕަޕަރާޒީންގެ ކެމެރާތަކުގެ ލެންސަށް ވެސް ނާރާތީ އޭނާ މިހާރު ބަލިވެއިންކަމަށް ދެކެވޭ ވާހަކަތައް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
މަސައްކަތުގެ މައިދާނަށް ބަލާއިރު ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި މިސްޓްރީ ތުރިލާ "މެރީ ކްރިސްމަސް" އިންނެވެ. އެފަހުން އޭނަ އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީވެސް ދަރިއަކަށް ޕްލޭންކޮށްފައި އޮތުމުގެ ސަބަބެއް ކަމަށް މީޑިއާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު