ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރަށްވާ ހިތްވަރަށް އައްޑޫ މަރަދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ތަޢުރީފް ކުރަށްވައިފިއެވެ.
އައްޑޫ ޝަރީފް މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަކީ، ކުރީ ސަރުކާރުންވެސް އަމާޒު ހިފި ކަމެއް ކަމަށާއި ނަމަވެސް އެ ސަރުކާރަށްވެސް އެކަން ކުރަން ނުކެރުނު ކަމަށެވެ.
ހަމައެއާއެކު ޤަވާއިދާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރި ހުއްޓުވުމަށް އެއްވެސް ޕްރެޝަރަކަށް ބެއްލެވުމެއް ނެތި، ރައީސް މުޢިއްޒު ކުރަށްވަން ވިދާޅުވާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އެއީ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވެ ޝަރީފް ވަނީ ރައީސް މުޢިއްޒުގެ ހިތްވަރަށް ތަޢުރީފް ކުރަށްވާފައެވެ.
ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި، އެފަދަ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ބިދޭސީން ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ އިއުލާނު ކުރަށްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާނެކަން ރައީސް އިޢުލާނު ކުރަށްވާފައިވާއިރު ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 ބިދޭސީންގެ މަޢުލޫމާތު މިސަރުކާރުން ވަނީ އެއްކޮށްފައެވެ.

Gavaaidhaa khilaafah beyru meehun kuraa viyafaari huttuvan @MMuizzu kuravvaane vidhaalhuvaa masakkaiy kaamiyaabu vejje nama adhi sarukaarah kurimathivaane pressure ah fasnujehi gaumuge igthisaadhah bodethi faidhaa kuraane kameh. Kuree sarukaarun ves ekamaa visni kuran nukerunee
— Ibrahim Shareef (@AdduShareef) September 22, 2025
ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި، އެފަދަ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ބިދޭސީން ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ އިއުލާނު ކުރަށްވައިފައެވެ.
އެގޮތުން ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މީގެ ކުރިން ޑީޕޯޓު ކުރަނީ ނަމަކަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން ކުރި މަސައްކަތުން، މިހާތަނަށް 8،609 މީހުން ޑީޕޯޓު ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިދޭސީންގެ ވަގުވިޔަފާރި ހުއްޓުވައި ވަގުތުން ޑީޕޯޓް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާނެކަން ރައީސް އިޢުލާނު ކުރަށްވާފައިވާއިރު ކުރަނގި އޮޕަރޭޝަންގެ ދަށުން 178،982 ބިދޭސީންގެ މަޢުލޫމާތު މިސަރުކާރުން ވަނީ އެއްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު