ޝާރިޤާ ފޯރަމްގެ ސަބަބުން ޓެކްނޮލޮޖީއާއެކު ތަރިކައިގެ ދާއިރާއިން އީޖާދީ ގޮތްތަކަށް އަހުލުވެރިވެވޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު ޝާރިޤާ ތަރިކައިގެ މައުހަދުން އިންތިޒާމުކުރާ ފޯރަމު މި އަހަރު ޚާއްޞަ ކޮށްފައިވަނީ ދިވެހިރާއްޖެއަށެވެ. އަދި މި ފޯރަމްގެ ޝަރަފުވެރިއެއްގެ ގޮތުން މިއަހަރު ބައިވެރިވެ ވަޑައިގެންނެވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.
މި ފޯރަމްގެ އިއްޔެ ހެނދުނުގެ ދަންފަޅީގައި ވަޒީރު އާދަމް ނަޞީރު ވަނީ ދިވެހި ތާނަ އަކުރާއި، އަރަބި އަކުރާ ހުރި ގުޅުމުގެ މައްޗަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ.
މި ފޯރަމާ ގުޅޭގޮތުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ތަރިކަ އިއާދަ ކުރެއްވުމުގެ ޚިދުމަތަށް އުފެއްދެވި ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ އިސްވާރުން މި ދަތުރުގައި ބައިވެރިވެވަޑައިގަތީ، ޒަމާނީ ޓެކްނޮލޮޖީއާއި، ޢިލްމީ އާ ވިސްނުންތަކާއެކު ދުނިޔޭގައި ތަރިކައިގެ ދާއިރާ ތަމްސީލުކުރާ އުފެއްދުންތެރި އީޖާދީ އާ ގޮތްތަކަށް އަހުލުވެރިވެވަޑައިގެން، ރާއްޖެއަށް އެ ގޮތްތައް ތަޢާރަފުކުރެއްވުމަށް ކަމަށެވެ.
މި ދަޢުވަތުގައި ވަޒީރު އަރިހުގައި ދިވެހި ޤައުމިއްޔަތުގެ ތާރީޚުވަރުގެ އިސްވާރު، އަލްއުސްތާޛު ކަށިިމާ އަޙްމަދު ޝާކިރު، އަދި ދިވެހި ޤައުމިއްޔަތުގެ ފަންނުވަރުގެ އިސްވާރު ޢިޝާ ޢަބްދުލްޢަޒީޒު ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ފޯރަމުގެ އިފްތިތާޙީ ރަސްމިއްޔާތުގައި ޝާރިޤާގެ ޙާކިމް ޞާޙިބުއްސުމުއްވު އައްޝައިޚް އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީ ބައިވެރިވެވަޑައިގަތެވެ. މިފޯރަމްގެ ހުރިހާ ޚަރަދެއް ކުރަށްވަނީ ޝާރިޤާ ސަރުކާރުން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު