އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ބިނާކޮށް ބޮލީވުޑުން ގެނެސްދިން ހެއިސްޓް ކޮމެޑީ ފިލްމު "ކްރޫ" ގެ ސީކުއެލް އެއް ހަދަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
2023 ގައި ގެނެސްދިން 'ކުރޫ' އަކީ ރާޖޭޝް އޭ ކްރިޝްނަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކުރީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ގުޅިގެންނެވެ.
މި ފިލްމުގެ ލީޑް ތަރިންނަކީ ކަރީނާ ކަޕޫރާއި ތާބޫގެ އިތުރުން ކްރިތީ ސެނަންއެވެ. މި ތިން ތަރިންވެސް ކުޅެފައިވަނީ ކެބިން ކުރޫއިންގެ ރޯލުތަކެވެ.
ޕިންކްވިލާ އިން ބުނީ މީގެ ސީކުއެލްއެއް ހަދަން އެކްތާ އާއި ރިއާ ޕްލޭންކޮށްފައިވާ އިރު، ކުރީގެ ބައިގެ ކާސްޓުންގެ ތެރެއިން ސީކުއެލްގައި ބައިވެރިވާނީ ހަމައެކަނި ކަރީނާ ކަމަށެވެ. އަދި އޭނައާ އެކު އެހެން ދެ ބަތަލާކު ފިލްމަށް ނަގާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
ފިލްމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު