މިނިވަންކަމާއި ޑިމޮކްރެސީއާއި އިންސާފު ގެއްލިގެންދަނީ އެއްރޭ އިރުއޮއްސިފައި އަނެއް ދުވަހު އިރު އަރާއިރަކު ނޫން ކަމަށާއި، މިއީ ކުއްލިއަކަށް ގެއްލިގެންދާ ކަންކަން ކަމަށް ކުރީގެ މަޖިލީސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ މިކަންތައް ގެއްލުމުގެ ކުރިން އެންމެ ފުރަތަމަ ވާކަމަކީ މުޖުތަމައުގައި އެންމެ ބާރުނެތް، ނިކަމެތީންގެ ހައްގުތައް ނިގުޅައިގަތުން ކަމަށެވެ. މިކަން ވާ ދުވަހު ގިނަ މީހުން އެއަށް ދައްކާނީ ބީރު ކަންފަތަކާ ކަނުލޮލެއްކަމަށް އިބުރާ ވަނީ ވިދާޅުވެފައެވެ.
އިބުރާ ވިދާޅުވީ އެއަށްފަހު، މަޑުމަޑުން، ފަހަރަކު ކަމެއް ގެއްލިގެންދާނެ ކަމަށެވެ. އަދި ކޮންމެ ކަމެއް ގެއްލޭއިރުވެސް އެކަމަށް ހިތްވަރުދީ ތަޢުރީފުކުރާ ބަޔަކު ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކަމަށް ހިތްވަރުދެމުންދަމުންގޮސް، ހޭވެރިކަންވާއިރު އެންމެންތިބޭނީ އަޅުވެތިވެ، އިންޞާފުން މަޙްރޫމުވެފައި ކަމަށްވެސް އޭނާަ ވަނީ ވިދާޅުވެފައެވެ.
"ހަނދާންކުރާށެވެ! ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު ލޮބާޑިލައިގެން ގެންދިޔައިރު، އެއްކަމެއް ކުރެވޭނޭ އެކަކުވެސް ނެތް. އެތަކެއް މީހުންގެ ޙައްޤުތައް ކަތިލައި، ކޯޓުތަކުގައި ވެއްޔާ މޮޑުނުއިރު، "ސްޕޮންސަރ" ގެއްލިދާނެތީ ޝަރީޢަތްތައް ހިނގާގޮތްބަލައިލާން ނުދިޔަ މީޑިއާގެ ދިފާޢުގައި މިއަދު ތެދުވެވޭނީ ކާކަށް ހެއްޔެވެ،" އިބުރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ދުނިޔޭގެ ތާރީޚުގައި މިކަން ހިނގާފައިވާ ގޮތް، އަދި ހިނގާނޭވެސް ގޮތް ކަމަށެވެ.
"ޑިމޮކްރަސީގެ ބަލިފަޔަކީ މިއީ. އަޣްލަބިއްޔަތުންނޫނީ ކަންކަން ނުނިންމޭއިރު، އަޣްލަބިއްޔަތު ތިބެނީ ޣާފިލުކަންމަތީ. ނަތީޖާއަކީ މަދު ބަޔަކު އެކުވެލައިގެން ދެންތިބި އެންމެން އަޅުވެތިކޮށްލެވުން،" އިބުރާ ވިދާޅުވިއެވެ.
އިބުރާ ވިދާޅުވީ އޭނާއަކީ މީސްތަކުންގެ ހަމަހަމަ ކަމަށް ވަކާލާތުކޮށް، ޖާނާ މާލުން ޤުރުބާންވީ މީހެއް ކަމަށެވެ. ނަމަވެސް މިއަދު، ވަރަށް ގިނައިން، އަމިއްލަ ނަފްސާކުރެވޭ ސުވާލެއް އެބައޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެ ސުވާލަކީ ކޮންމެ މީހަކަށްވެސް ވޯޓް ދިނުމުގެ އެއްވަރުގެ ޙައްޤެއް ހަމަ އޮންނާނެބާއެވެ؟"

ކިޔުންތެރިންގެ ހިޔާލު