މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)
އެއްވެރިކަމުން އަނެއް ވެރިކަމަށް ވާރުތަވާ އެންމެ އިސް އެއްޗަކީ ވައްކަން ކަމުގައި ވަނީނަމަ ރައްޔިތުންނަކަށް އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ފެނަކައިން ކޮރަޕްޝަންގެ ގިނަ މުއާމަލާތުތަކެއް ކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.

‎ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ބުނީ 2023 ވަނަ އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 379 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، މިއީ ކުންފުންޏަށް ލިބުނު އާމްދަނީ އާއި ޓެރިފްލޮސްގެ ގޮތުގައި ދައުލަތުން ދިން ފައިސާ އިން ފޫނުބެއްދިގެން ވީ ގޮތެއް ނޫން ކަމަށެވެ. އަދި މިއީ މުދަލާއި ހިދުމަތް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ގިނަ މުއާމަލާތްތަކެއްގެ ނަތީޖާއެއްކަމަށް އޮޑިޓު ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރި ޕޯސްޓުގައި އިންތި ވިދާޅުވީ އެއް ވެރިކަމަކުން އަނެއް ވެރިކަމަކަށް ވާރުތަވާ އެންމެ އިސް އެއްޗަކީ ވައްކަމާއި ޚިޔާނާތްކަމަށްވާހާ ހިނދަކު ރައްޔިތުންނަަށް އޮތް މޮޅެއް ނެތް ކަމަށެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު ފެނަކައިގެ އޮޑިޓުން ކޮރަޕްޝަން ހިންގާފައިވާކަން ހާމަވެފައިވާތީ އެ ބޮޑު ވައްކަން ބަލަން އޭސީސީ، ޕީޖީ އަދި ފުލުހުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު