އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހާ ހަމައަށް ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 9.6 ޕަސެންޓްގެ އިިތުރުވުމެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ޗައިނާއެވެ. އަހަރުގެ މިހާތަނަށް އެ ގައުމުން 254،950 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ރަޝިޔާ އެވެ. އެ ގައުމުން 194،606 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން 142،957 ފަތުރުވެރިންނާއި، ޖަރުމަނުވިލާތުން 111،569 ފަތުރުވެރިންނާއި، އިޓަލީވިލާތުން 111،253 ފަތުރުވެރިން ވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް އަހަރުގެ ބާކީ އޮތް 98 ދުވަހުގެ ތެރޭގައި ދުވާލަކު 7،098 ފަތުރުވެރިން ރާއްޖެއަށް ގެންނަން ޖެހޭނެއެވެ. ނަމަވެސް މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު އަންނަނީ 6،500 އެއްހާ ޓޫރިސްޓުންނެވެ ފަތުރުވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު