ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރުގެ އެންމެ ފެވަރިޓް ނުވަތަ އެންމެ ކަމުދާ ބަތަލާ އަކީ ކެޓްރީނާ ކައިފް ކަމަށް ބުނެފިއެވެ.
އަކްޝޭ މިކަން ހާމަކޮށްފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޖޮލީ އެލްއެލްބީ 3" ޕްރޮމޯޓު ކުރުމުގެ ގޮތުން 'އާޕް ކީ އަދާލަތު' ނަމަކަށް ކިޔާ ޝޯއަކަށް އަރައި ދެއްކި ވާހަަކައިގެ ތެރެއިންނެވެ.
އެ ޝޯގައި އޭނާގެ އެންމެ ފެވަރިޓް ބަތަލާއަކީ ކޮބާތޯ ސުވާލުކުރެވުމުން އަކްޝޭ ބުނީ ގާތްގަނޑަކަށް އިންޑަސްޓްރީގެ ހުރިހާ އަންހެން ތަރިންނާއެކުހެން މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ ކަމުދަނީ ކެޓްރީނާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަކްޝޭ މިހެން ބުނެފައިވާއިރު މީގެ ކުރިން ސަލްމާންގެ ޝޯއެއްގައި ކެޓްރީނާއާވެސް ވަނީ ހަމަ މި ސުވާލު ކޮށްފައެވެ. އެގޮތުން އެންމެ ފެވަރިޓް އެކްޓަރަކީ ކޮބާތޯ ސުވާލުކުރުމުން ކެޓްރީނާ ބުނެފައިވަނީ އޭނާގެ އެންމެ ފެވަރިޓް އެކްޓަރަކީ އަކްޝޭ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި އަކްޝޭއާއި ކެޓްރީނާ ވަނީ އެކުގައި ބޮޑު 8 ފިލްމު ކުޅެފައެވެ. އޭގެ ތެރޭގައި ނަމަސްތޭ ލަންޑަން، ތީސް މާރް ޚާން، ދޭ ދަނާ ދަން، އަދި ސޫރިޔަވަންޝީ ފަދަ ފިލްމުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު