ޑޮލަރު ރޭޓަށް ރިޢާޔަތްކޮށް ފުލެޓުތަކުގެ ކުލިކުޑަކޮށް ޑައުންޕޭމެންޓް އުނިކޮށްދިނުމަށް ފަހި ޔޫނިއަނުން ގޮވާލައިފިއެވެ.
ފަހި ޔޫނިއަނުން މިކަމަށް ގޮވާލާފައި މިވަނީ، އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި 4،000 ފުލެޓު ޙަވާލު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ޑިޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ނެގުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ފަހި ޔޫނިއަނުން ބުނެފައިވަނީ، 4000 ފުލެޓް ލިބިފައިވާ މީހުންގެ ކުލި ކުޑަކުރުމަށާއި އެޑްވާންސް ފައިސާ އުނިކުރުމަށް އެ ޔޫނިއަނުން އެދިފައިވަނިކޮށް، އެކަމަށް އިޖާބަ ނުދީ، ފުލެޓު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާތީ ސޯޝަލް ހައުސިންގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި، އެ އުސޫލު ގެދޮރުވެރިޔާ ސްކީމަށްވެސް ހަމަޖައްސަވާ ދެއްވުމަށް އެ ޔޫނިއަނުން ގޮވާލާފައިވެއެވެ.
"4000 ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ފެށިގެން މިދާ 2025 އަހަރުގައި ޑޮލަރުގެ އަގުހުރީ 20 ރުފިޔާ އާއި 21 ރުފިޔާ އާއި ދެމެދުގައެވެ." ފަހި ޔޫނިއަންގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު ފަހި ޔޫނިއަނުން ބުނެފައިވަނީ، މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެފައި ތަކެއްޗާއި ޚިދުމަތުގެ އަގަށް އައި ބަދަލާއި ގުޅިގެން ކުރުމުއްދަތަކަށް މާލެއިން ބޭރަށް ދިޔުމަށްފަހު އެނބުރި އައިސްފައިވާ މީހުންނަށް ފުލެޓް ނުލިބޭނެކަމަށް ބުނެ ސިޓީ ފޮނުވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށާއި، އެކަން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންކަމަށް ފަހި ޔޫނިއަންގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
ފަހި ޔޫނިއަނުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވަނީމި މަހުގެ 14އާ ހަމައަށް ޑިޕޮސިޓް ދައްކަން ތާވަލުކުރި 909 މީހުންގެ ތެރެއިން 588 މީހުން ޑިޕޮސިޓް ދައްކައި ނިންމާފައިވާ ކަމަށެވެ.
މި ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތަކުގެ އެޑްވާންސް ފީއެއްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކުން 25000 ރުފިޔާ އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް 15000 ރުފިޔާގެ އެޑްވާންސް ފީއެއް ނެގުމަށެވެ. އަދި ދެ ކޮޓަރީގެ ކުއްޔަށް މަހަކު 7،000 ރުފިޔާ ނެގުމަށާއި ތިން ކޮޓަރިއަށް 9،000 ރުފިޔާ ނެގުމަށް ވަނީ ނިންމައިފައެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓަށް މެއިންޓެނެންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާ ނަގާއިރު ދެ ކޮޓަރިން ނަގަނީ 1000 ރުފިޔާއެވެ.
ފަހި ޔޫނިއަނުން ފްލެޓް އެއްބަސްވުންތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތް ކޮށްފައިވާ 16 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 2،750 ފްލެޓާއި ދެ ކޮޓަރީގެ 1،250 ފުލެޓެވެ. މި ސަރުކާރުން ނެރުނު ލިސްޓުގައި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅައިފައިވަނީ 1820 މީހުންނަށެވެ. އެ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު