މޯލްޑިވްސް މީޑިއާ ކޮމިޝަނުގެ އިންތިހާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ މީޑިއާ ކޮމިޝަންގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު ގެޒެޓްކޮށްފައެވެ. އެ ލިސްޓުގައި 335 ނޫހެއް އޮތްއިރު، ބްރޯޑްކާސްޓަރުންގެ ގޮތުގައި 18 މީޑިއާއެއް ހިމެނެއެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 ގެ ނިޔަލަށް އޮންނާނެ ކަމަށް އީސީން ބުނެފައިވެއެވެ.
އާ ކޮމިޝަނަށް މެންބަރުން އިންތިޚާބު ކުރުމުގެ ގަވާއިދު އީސީން އާންމުކުރީ މިދިޔަ ބުދަ ދުވަހެވެ. ޤަވާއިދުގައިވާ ގޮތުން މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އޮންލައިން މީޑިއާ އަދި އަނެއް ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ފަރާތުން އިންތިހާބުކުރާ މެންބަރުންނެވެ.
އަދި މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށެވެ. އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން ދެ ދުވަހުގެ ތެރޭ އަންގަން ޖެހެއެވެ.
މީޑިއާ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލިއިރު އެ ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރީ އެކަމާ ދެކޮޅަށް ބައެއް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު