ގަތަރުގެ ދޯހާއަށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ މައާފަށް އެދިއްޖެއެވެ.
އިސްރާއީލުން ބުނީ މި ހަމަލާ އަކީ ގަތަރުގެ ވެރިރަށް ދޯހާގައި ޙަރަކާތްތެރިވާ ކަމަށް ބެލެވޭ ހަމާސްގެ އޮފިޝަލުންނަށް އަމާޒުކުރެވުނު ހަމަލާއެއް ކަމަށެވެ. ދޯހާއިން މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިއީ އެ ޤައުމުގެ މިނިވަންކަމާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށް ވަނީ ބުނެފައެވެ.
ގަތަރުގެ ސަރުކާރުން އިސްރާއީލުގެ ޗާޖް ޑެފެއާޒް ގެނެސް، ޖަވާބުދާރީވުމަށް އެދި، މި ހަމަލާގައި އާންމު ރައްޔިތުންވެސް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ. އަދި އަރަބި ލީގުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައި، އދ އިން ވަގުތުން ފިޔަވަޅު އެޅުމަށް އެދިފައިވެއެވެ.
މި ހަމަލާއާ ގުޅިގެން ނަތަންޔާހޫ ބުނީ މި ހަމަލާގެ ސަބަބުން އާންމުން މަރުވެފައިވާތީ އެކަމާ ވަރަށް ހިތާމަކުރާ ކަމަށެވެ. އަދި މި ހަމަލާ ދެވިފައިވަނީ ނުބައި އިންޓެލިޖެންސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށާއި، މިކަމާގުޅިގެން އެތެރޭގެ ތަޙްޤީޤެއް ކުރިއަށްދާ ކަމަށް އޭނާ ވަނީ ބުނެފައެވެެ.
އަދި އިތުރަށް ކަންކަން ގޯސްވިޔަ ނުދިނުމަށް ގަތަރުގެ އިސްވެރިންނާއެކު މަސައްކަތްކުރުމަށް އިސްރާއީލް ތައްޔާރަށް އޮތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު