އައްޑޫ ސިޓީގައި ހިންގާ މަދު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިލާ މޯލްޑިވްސް ރިސޯޓު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު ރިސޯޓު މިއަހަރު ނިމުމުގެ ކުރިން އަލުން ހުޅުވާނެ ކަމަށް ބުނެފިއެވެ.
2020 ވަނަ އަހަރު ކޮވިޑު-19 އާ ގުޅިގެން ބަންދުކުރި މި ރިސޯޓު އަލުން ނުހުޅުވި ގިނަ ދުވަސްވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މި ރިސޯޓު އަލުން ހުޅުވައިދޭން ވައުދުވިނަމަވެސް ސަރުކާރު ނިމުނުއިރުވެސް އެކަން އޮތީ ނުކުރެވިއެވެ.
ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދެކެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ ރިސޯޓު އަލުން ހުޅުވުމާ ގުޅޭ ގޮތުން އައްޑޫ އިންވެސްޓްމެންޓްސް ކުންފުންޏާއި، އެހެނިހެން ހިއްސާވެރިންނާ ވާހަކަދައްކަައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.
މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުގެ ކުރިން ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި ހިންގަން ފަށާނެކަމުގެ ޔަގީންކަން އައްޑޫ އިންވެސްޓްމެންޓްސް ކުންފުނިން މިނިސްޓްރީއަށް ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޝަންގްރިލާ ރިސޯޓަކީ އައްޑޫގެ ތަރައްގީއަށް މުހިއްމު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރަމުން މިނިސްޓްރީން ބުނީ އެ ރިސޯޓު ބަންދުކުރުމާ ހަމައަށްވެސް އައްޑޫ ސިޓީގެ ތަރައްގީއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނެކްޝަންސް އިތުރުކުރުމުގައި އެ ރިސޯޓުގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.
އެ ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް އިތުރު އާރޯކަން ލިބޭނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ މުޅި ރާއްޖެއަށް ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނސިްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު