ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ލިބޭ މީހުންނާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރަމުންދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އެފްޑީސީން ބުނީ މިހާތަނަށް 25 މީހަކާ ހައުސިން ޔުނިޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 74 މީހުންނާ ތަޅުދަނޑި ހަވާލުކުރުމަށް ޝެޑިއުލްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ އެންމެ ފުރަތަމަ ހަވާލުކުރަމުންދަނީ މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14ވަނަ ޓަވަރުގެ ހައުސިން ޔުނިޓްތައް ކަމަށެވެ.
ފްލެޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް 3160 އަށްވުރެ ގިނަ މީހުންނާއެކު އެ ކޯޕަރޭޝަނުން ވަނީ ސޮއިކޮށްފައެވެ. ތަޅުދަނޑި ހަވާލުކުރަނީ، އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ. މިހާތަނަށް ހާހެއްހާ މީހުން ވަނީ ޑިޕޮޒިޓް ދައްކާފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ފެށީ، މިމަހުގެ 28ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު