ކަސްރަތު ކުލާސްތަކާއި ސްޓޫޑިއޯ ފަދަ ތަފާތު ނަމުގައި ވިޔަސް ޔޯގާ ގެ ހަރަކާތްތައް ހިންގުމަކީ ހަރާމް ކަމެއް ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފިއެވެ.
އިލްމުވެރިންގެ ގުޅުމުން މިހެން ބުނެފައިމިވަނީ ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގަން ހާއްސަ ތަނެއް ހުޅުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މިގޮތަށް ޔޯގާ ކްލާސްތައް ހިންގުން ކުށްވެރިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ ޔޯގާ ގެ ހަގީގަތާއި އޭގެ ހުކުމާއި ގުޅޭ ގޮތުން ރާއްޖޭގެ އިލްމުވެރިން ކޮށްފައިވާ ދިރާސާ އިން އެނގޭގޮތުން ޔޯގާ އަކީ އޭގެ ޒާތުގައި ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ. އެހެން ކަމުން އެއީ ޝިރުކުގެ އަމަލެއް ކަމަށާއި ކަސްރަތުގެ ގޮތުގައި ވިޔަސް ޔޯގާ ހެދުމަކީ ހަރާމް ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.
މި ދިރާސާ ގެ ހޯދުންތަކުގެ އަލީގައި 104 އިލްމުވެރިން މި ގޮތައް އެއްބަސްވެފައިވާ ކަމަށާއި އެކަން މީގެ ކުރިން ހާމަކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ޖަމިއްޔާއިން ބުނީ ޔޯގާ ގެ ކަންކަން ހުއްޓުވައި ދިނުމަށް އެދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ވެސް ޔޯގާ އަކީ އިސްލާމީ ޝަރީއަތާ ޚިލާފު ހަރާމް ކަމެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
"ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާ އާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވަމެވެ." ބަޔާނުގައި ވެއެވެ.
ޝިރުކުގެ އަމަލަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފާ ކަމަށް ފާހަގަކުރަމުން އިލްމުވެރިންގެ ގުޅުމުން ބުނީ އެކަމުން ތައުބާ ނުވެވި އެކަމުގެ މަތީގައި ހުއްޓާ މަރުވެއްޖެ ނަމަ އެއީ ނުފުއްސަވާނެ ފާފަ އެއް ކަމަށެވެ.
ޔޯގާ ކުލާސް ތަކާއި ޕްރޮގްރާމް ތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް އަމަލެއް ނުކުރުމަށް ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވުމާއެކު އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމި އޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު އިލްމުވެރިންގެ ފަރާތުން ތަކުރާރު ކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރެއްވުމަށް ދިވެހި ދައުލަތުގެ ވެރިންނާއި މުއައްސަސާތަކަށް ނަސޭހަތްތެރިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު