މަރްޔަމް ނަހްދާ ވަޙީދު   4 އޮކްޓޯބަރު 2025 - 9:9
ރާޖާ ސާބްގެ ޕޯސްޓަރު
ރާޖާ ސާބްގެ ޕޯސްޓަރު
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޕްރަބާސްގެ ފުރަތަމަ ހޮރޯ-ކޮމެޑީ "ރާޖާ ސާބް" ނެރުން ފަސްކޮށްފިއެވެ.

މި ފިލްމު މީގެ ކުރިން ސިންމާތަކަށް ނެރުމަށް ނިންމީ މިއަހަރު ޑިސެމްބަރު މަހުގައެވެ. ނަމަވެސް މިހާރު ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 9 ގައި ފިލްމު ނެރޭ ގޮތަށެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕްރަބާސްގެ އިތުރުން މަލްވިކާ މޯހަނަން، ނިދީ އަގަރްވާލް، ސަންޖޭ ދަތު، ރިދީ ކުމާރު، މުރާލީ ޝަރުމާ، އަނޫޕަމް ކޭރް، ޒަރީނާ ވައްހާބް، ޔޯގީ ބާބޫ، ވަރަލަކްޝްމީ ސަރަތުކުމާރު އަދި ޖިއްޝޫ ސެންގުޕްތާ ހިމެނެއެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ލަވައަކުން ނަޔަންރަތާ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

"ރާޖާ ސާބް" ލިޔެ ޑައިރެކްޓުކޮށްފައިވަނީ މަރޫތީއެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު ޕްރަބާސް އެންމެ ފަހުން ފެނިފައިވަނީ "ކަލްކީ: 2898 އޭޑީ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ސްޕިރިޓް" އާއި "ކަލްކީ" ގެ ދެވަނަ ބަޔާއި 2023 ގެ "ސަލާރު" ގެ ދެވަނަ ބައިގެ އިތުރުން "ފައުޖީ" ހިމެނެ އެވެ.



ކިޔުންތެރިންގެ ހިޔާލު