(ކ-) މިނިސްޓަރ ޢަލީ ޙައިދަރު އަޙްމަދު، މުހައްމަދު ނިޔާޒު، ޓެޑްރީ.
(ކ-) މިނިސްޓަރ ޢަލީ ޙައިދަރު އަޙްމަދު، މުހައްމަދު ނިޔާޒު، ޓެޑްރީ.
ކުރީގައި މިނިސްޓަރ ޙައިދަރަކީ ވިސްނުންތެރި ބޭފުޅެއްކަމަކު މިހާރު އުޅުއްވަނީ ވެރިމީހާގެ ތައްޕާހުން ކަމަށް ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މުހައްމަދު ނިޔާޒު، ޓެޑްރީ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓެޑްރީ މިހެން ވިދާޅުފައިވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުގައި މިހާރު ހުންނެވި ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދުގެ ކުރީގެ މަސައްކަތްތަކާއި މިހާރުގެ މަސައްކަތްތަކާއި އަޅާކިޔުއްވަމުންނެވެ.

އެގޮތުން ޓެޑްރީ ވިދާޅުވީ ހައިދަރަކީ ވިސްނުންތެރި ބޭފުޅެއްގެ ގޮތުގައި ކުރީގައި ފާހަގަކުރެވިފައިވާ ބޭފުޅެއްކަމަށެވެ. އަދި މީގެ 45 އަހަރު ކުރިން ހައިދަރަކީ އެސްއީސީ (މިހާރުގެ ސީއެޗްއެސްއީ)ގެ ބެޖުވެސް ފަރުމާކުރެއްވި ފަރާތްކަމަށް ޓެޑްރީ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޓެޑްރީ ވިދާޅުވީ އިރެއްގައި ވިސްނުންތޫނު ބޭފުޅެއްގެ ގޮތުގައި ހައިދަރު ފާހަގަކުރެއްވުނަސް، މިހާރު ހައިދަރު ފެނިވަޑައިގަންނަވަނީ ނަޒާހަތްތެރިކަމާއި މިނިވަންކަން ގެއްލިފައިވާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު އެމަނިކުފާނު ސިފަކުރެވެނީ ވެރިންގެ ނިވަލުން، ނުވަތަ ވެރިންގެ "ތައްޕާހުން" އުޅުއްވާ ފަރާތެއްގެ ގޮތުގައި ކަމަށް ޓެޑްރީ ފާހަގަކުރެއްވިއެވެ.



ޓެޑްރީ މިފަދައިން ވިދާޅުވެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ކަންކަމަކީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނަގާލައި، މުޅި ޤައުމު ހަލަބޮލިކޮށްލުމަށް ކުރާ ނުބައި މަސައްކަތެއްކަމަށް ސިފަކުރައްވާ އެކްސްގައި މިނިސްޓަރ ހައިދަރު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައެވެ.

މިނިސްޓަރ ވަނީ އިދިކޮޅު އެމްޑީޕީގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލައި، ޤާނޫނީ ވެރިކަމަށް ދުއްތުރާކުރުން ކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު