އިންޑިއާގެ މަޝްހޫރު ތަރިން ރަޝްމިކާ މަންދަނާ އާއި ވިޖޭ ދެވަރަކޮންޑާ އެންގޭޖްވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ މި ދެ ތަރިން އެންގޭޖްވީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަނި ބައިވެރިވި ކުޑަ ހަފްލާއެއްގައި ވަަރަށް ސިއްރިއްޔާތުގައި ކަމަށެވެ. މިހާރު އެންގޭޖް ވެފައިވާ މި ދެ ތަރިން ކައިވެނިކުރަން ނިންމާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހުއެވެ.
މީޑިއާތަކުން މިކަން އިއުލާންކުރިނަމަވެސް، މި ދެ ތަރިން އަދި ރަސްމީކޮށް މިކަން އިއުލާނެއް ނުކުރެއެވެ.
ރަޝްމިކާ އާއި ވިޖޭ އަކީ އިންޑިއާގެ ތެލެގޫ ފިލްމުތަކުން މަޝްހޫރުވި ތަރިންނެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ގެ "ގީތާ ގޯވިންދަމް" އާއި "ޑިއާ ކޮމްރޭޑް" ހިމެނެއެވެ.
މި ދެތަރިން އެކީގައި ތިންވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު