މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް
މި ސަރުކާރުން ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގަންނަމުންދާތީ އެކަންކަން ފެށޭ ހިސާބާއި ނިމޭ ހިސާބު ވަކިކުރަން ދަތިވެއްޖެކަމަށް މަޖިލީހުގެ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އިދިކޮޅު އެމްޑީޕީން އިންތިޒާމްކުރި "ލޫޓުވާލައިފި" މުޒާހަރާ އިން ހައްޔަރު ކުރި ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު އަދިވެސް ދީފައި ނުވާކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހްމަދު މައުރޫފް ވިދާޅުވުމާ ގުޅިގެން މިކަން ކުށްވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރޮޒެއިނާ ވިދާޅުވީ ސަރުކާރުން ޤާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ސިޔާސީ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ދިނުން މަނާކުރުމަކީ އަސާސީ އިންސާނީ ހައްގުތަކާ ހިލާފު އަމަލެއް ކަމުގައެވެ.

"މި ސަރުކާރުން މިހާރު އެތައް ޙައްޤުތަކެއް ނިގުޅައިގަންނަމުން ދާތީ، އެކަންކަން ފެށޭ ހިސާބާއި ނިމޭ ހިސާބު ވަކިކުރަން ދަތިވެއްޖެ،" ރޮޒެއިނާ ވިދާޅުވިއެވެ.

މިކަމާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުރައްވަނީ ކޮންކަމެއްތޯ ވިދާޅުވެ ރޮޒެއިނާ ވަނީ ސުވާލުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު