ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ޚާންގެ ދެވަނަ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރްބާޒްގެ އަންހެނުން ޝޫރާ ޚާން ވިހާފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގައެވެ.
އަރްބާޒް އާއި ޝޫރާ އަދި މިކަން ރަސްމީކޮށް އިއުލާން ކޮށްފައި ނުވީނަމަވެސް އެމީހުންގެ އާއިލާތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ ޝޫރާއާއި ދަރިފުޅިގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އަދި އާއިލާގެ ވަރަށް ގިނަ ބަޔަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ހާމަކުރިއެވެ.
އަރްބާޒްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅު އަރްހާން ޚާނަށް މިހާރު 22 އަހަރެވެ. އޭނަގެ މަންމަ އަކީ މަޝްހޫރު ތަރި މަލައިކާ އަރޯރާއެވެ.

ކިޔުންތެރިންގެ ހިޔާލު