ދާދި ފަހުން ނެރުނު ލޯބީގެ މިއުޒިކަލް ފިލްމު "ސައްޔާރާ" އިން ބޮލީވުޑަށް ތައާރަފްވި އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަަހަށް ތާވަލު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓު ތަކުގައި ބުނެފިއެވެ.
މިއީ ހަމަ "ސައްޔާރާ" ވެސް އުފެއްދި ޔަޝް ރާޖް ފިލްމްސްއިން ގެނެސްދޭ ފިލްމެކެވެ. މި ފިލްމު މިދިޔަ ހަފްތާގައި އިއުލާން ކުރިއިރު، ވައިއާރްއެފް އިން ބުނީ މިއީ ރޮމޭންޓިކް އެކްޝަން ފިލްމެއް ކަމަށާއި އޭގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރު ކަމަށެވެ.
މި ފިލްމުގައި އަހާން އާއެކު ލީޑުން ފެންނާނީ ޝަރްވާރީ ވާގް އެވެ.
މީޑިއާ ރިޕޯޓިތަކުގައި ބުނީ މާޗު މަހު ޝޫޓިން ފެށިނަމަވެސް އަންނަ އަހަރު މި ފިލްމު ނިންމައި ބެލުންތެރިންނަށް ގެނެސްދޭން ވައިއާރްއެފުން ތައްޔާރުވަމުން ދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު