މަރްޔަމް ނަހްދާ ވަޙީދު   10 އޮކްޓޯބަރު 2025 - 11:1
ވްރުޝަބްހާ ގެ ޕޯސްޓަރު-
ވްރުޝަބްހާ ގެ ޕޯސްޓަރު-
މަލަޔާލަމް ސުޕަސްޓާރު މޯހަންލާލްގެ ކުރިއަށް އޮތް ފިލްމު "ވްރުޝަބާ" ސިނަމާތަކަށް ނެރޭ ދުވަސް އާންމުކޮށްފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 6 ގައެވެ.

ނަންދާ ކިޝޯރު ލިޔެ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ ލޯތްބާއި، ތަގްދީރާއި، ބަދަލުހިފުމުގެ މައްޗަށް އެކުލަވާލެވޭ، އަދި ބައްޕައަކާއި ދަރިއެއްގެ ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެކެވެ.

މި ފިލްމުގެ ޓީޒަރު ދާދި ފަހުން ނެރެފައިވާއިރު، އެއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ޓީޒަރު ބަލާލުމުންވެސް މިއީ ވަރަށް ޖަޒުބާތުތަކުން ފުރިފައިވާ ފިލްމެއްކަން އެނގިގެން ދެއެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި މޯހަންލާލްގެ އިތުރުން ހިމެނެނީ ސަމަރްޖީތު ލަންކޭޝް، ރާގިނީ ދްވިވޭދީ، އަދި ނާޔަން ސަރިކާއެވެ.

މަލަޔާލަމް އަދި ތެލަގޫ އިން ޝޫޓު ކުރި މި ފިލްމު ހިންދީ އަދި ކައްނަޑާ ބަހުރުވައިންވެސް ގެނެސްދޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު