ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމަވާފައިވާކަމަށް ދިވެހި ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖު ވިސާ އަންނަ އަހަރުން ފެށިގެން ދޫނުކުރާނެކަން ސައުދީ ސަރުކާރުން ބުރާސްފަތިދުވަހު އަންގާފައިވާ ކަމަށެވެ.
މި ބަދަލުގެ ސަބަބުން ހިތުގެ ބޮޑެތި ބައްޔާއި، ކިޑްނީ ބޮޑެތި ބައްޔާއި، ނާރުގެ ބަލިތަކާއި، ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ފަދަ ބަލިތައް ހުންނަ ފަރާތްތަކަށް ހައްޖު ވިސާ ނުލިބޭނެކަމަށް ޝަކީލު ވަނީ ވިދާޅުވެފައެވެ.
އަދި މި ބަދަލާ ގުޅިގެން، ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކުން ދުރާލާ މެޑިކަލް ޓެސްޓުތައް ހަދަންޖެހޭނެ ކަމަށާއި، ޓެސްޓުތައް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުން ބަލައި، އިތުރު ޓެސްޓުތައް ހަދަންޖެހޭނަމަ އެކަން އަންގާނެކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ ބޮޑެތި ބަލިތަކުގެ ސަބަބުން ވިސާ ނުލިބޭ ފަރާތްތަކަށް، އެ ފުރުސަތު އެހެން މީހަކަށް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު