ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ބާއްވަން މަސައްކަތް ކުރި 241 ކޮމިޓީގެ ބައްދަލުވުން ތަހުގީގަށް ހުރަސް އެޅިދާނެތީ ފަސްކޮށްފިއެވެ.
ސިނގިރޭޓް ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލާގައި އަންނަ އާދިއްތަ ދުވަހު ކޮމިޓީއަށް ހާޒިރުކުރަން ނިންމާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ފުލުހުންނާއި ކަސްޓަމްސް އަދި އެމްޕީއެލްގެ އިސްވެރިންނެވެ.
ނަމަވެސް، މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އެ ކޮމިޓީގެ ބައްދަލުވުން އެއް ހަފުތާއަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި ހަފްތާއަކަށް ކޮމިޓީ ފަސްކުރަން ނިންމީ އެ މައްސަލައިގައި މި ވަގުތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިނަމަ ތަހުގީގަށް ހުރަސްއެޅިދާނެތީ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުން ހިއްސާކޮށްފައެއް ނުވެއެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައިހުރި 2 ކޮންޓޭނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިމަހުގެ 8ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި ހައްޔަރުކުރީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، އިތުރު ދެ މީހެކެވެ. އެމީހުންގެ ބަންދު މުއްދަތުވެސް ކޯޓުން މިހާރު ވަނީ ޖަހާފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން 12 މީހަކު ފުރުން މަނާކުރި ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. މައްސަލާގައި އެމްޕީއެލުން ވަނީ 6 މުވައްޒަފުން ސަސްޕެންޑް ކޮށްފައެވެ. އަދި ކަސްޓަމްސްގެ މުވައްޒަފަކު ޝާމިލުވާކަން ތަހުގީގަށް ހާމަވެއްޖެ ނަމަ، އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އެމައްސަލަ ކަސްޓަމްސް އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު