މަރްޔަމް ނަހްދާ ވަޙީދު   19 އޮކްޓޯބަރު 2025 - 10:33
ރެމޯ، ފިލްމުގެ ޕޯސްޓަރު
ރެމޯ، ފިލްމުގެ ޕޯސްޓަރު
ބޮލީވުޑްގެ މަޝްހޫރު ކޮރިއޯގްރަފަރު އަދި ޑައިރެކްޓަރ ރެމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމު އިއުލާން ކޮށްފިއެވެ.

މި ފިލްމުގެ ނަމަކީ "ޑޮންގްރީ: ގޭންގްސްޓާ ޕެރަޑައިސް" އެވެ. މީޑިއާތަކުން ބުނީ މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީގައި ކުރިން މޫލާފައި އޮތް އަންޑަވޯލްޑާއި ގޭންގްސްޓާރުންގެ މައްޗަށް ކަމަށެވެ.

"ޑޮންގްރީ" ގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ފެބްރުއަރީ އަށެވެ. އަދި މި ފިލްމު އަންނަ އަހަރު އޮކްޓޫބަރުގައި ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް މީޑިއާތަކުން ބުނެއެވެ.

ފިލްމު އިއުލާންކުރިނަމަވެސް، އަދި ފިލްމުގެ ކާސްޓުންގެ މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް