މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރަންޖެހޭ ތިން މެންބަރުންނަށް މިއަދުގެ ޖަލްސާގައި ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު 75 އިންސައްތައަށްވުރެ މަތިން މާކްސް ދީފައިވަނީ ތިން ބޭފުޅަކަށެވެ. އެގޮތުން ކޮމިޓީން ރުހުން ދީފައިވަނީ މުޙައްމަދު ފަރުޞަތު، ޞަފާ ޝަފީޤް އަދި އަލްއުސްތާޒާ އާމިނަތު ސަރާޙަތު އިއްޒަތަށެވެ.
މި މައްސަލައިގައި މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވާއިރު 3 ބޭފުޅުންނަށްވެސް ލިބިފައިވަނީ 54 ވޯޓެވެ.
މީޑިއާ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި އެއްވެސް މެންބަރަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެކަން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަނުކުރާ މެންބަރުންނަށް މަނާކަންތައްތަކުގެ ތެރޭގައި މީޑިއާއެއްގެ މަސްއޫލުވެރިއެއް ނުވަތަ އެޑިޓަރެއްގެ މަޤާމު އަދާކުރަމުން ދިޔުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުމާއި ކޮމިއުނިކޭޝަނާއި މީޑިއާގެ ޚިދުމަތްދިނުމުގެ ދާއިރާގައި ވިޔަފާރީގެ ހިއްސާއެއް އޮތުން ހިމެނެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިޚާބަކާ ނުލައި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން 4 މެންބަރުން މިހާރު ވަނީ އިންތިޚާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު