ޕެންޝަން އޮފީހުގެ ބޯޑު މެންބަރު ކަމުން އަޙްމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވުމަކީ، ޝަރްވަޝްގެ ހިތްވަރުގަދަކަމާއި އިޚްލާޞްތެރިކަން ދައްކުވައިދޭ މުހިންމު ނިންމެވުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭ އިން އިންޖެކްޓް ކޮށްގެން ޕެންޝަން ފަންޑުން ސަރުކާރުގެ ބޮންޑެއް ގަތުމުގެ މުއާމަލާތުގައި ސީރިއަސް ކަންބޮޑުވުން އެބަހުރި ކަމަށް ވިދާޅުވެ ޕެންޝަން ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވަމުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަންޖެހޭ ކަމެއްކަމަށް އަމިއްލައަށް ގަބޫލުކުރެވޭތީ ކަމަށެވެ.
ޝަރްވަޝްގެ މި ނިންމެވުމަށް ތައުރީފް ކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިފަދަ ތެދުވެރިކަމަކީ ޢާންމު ޚިދުމަތުގައި ވަރަށް މަދުން ފެންނަ އަަދި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ.
އޭނާގެ މި ސްޓޭންޑުން ޤައުމީ މުއައްސަސާތައް ގައިޑު ކުރަން ޖެހެނީ ޒަމީރާއި ޖަވާބުދާރީވުމުގެ މައްޗަށްކަން ހަނދާންކޮށްދޭ ކަން ފާހަގަަކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރަނގަޅު ނަމޫނާއެއް ކަމަށެވެ.
އަދި ހުރިހާ މުސްތަގިއްލު މުއައްސަސާތަކެއްގައި، އާންމު ވާޖިބުތަކާ ހަވާލުކުރެވިފައިވާ ކޮންމެ ފަރުދަކުވެސް މިފަދައިން އަމަލުކުރުމުގެ ހިތްވަރު ހޯދަންވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު