ޖޫނިއާ އެންޓީއާރް-
ޖޫނިއާ އެންޓީއާރް-
އިންޑިއާގެ ސައުތު ސިނަމާގެ މަޝްހޫރު ތަރި ޖޫނިއާ އެންޓީއާރްގެ ކުރިއަށް އޮތް ފިލްމު "ޑްރެގަން" ގެ ޝޫޓުތައް މަޑުޖައްސާލަން އޭނާ އަންގާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑް ހަންގާމާގެ ރިޕޯޓެއްގައި ބުނީ "ވޯ 2" އަށް ހީކުރިވަރުގެ ކާމިޔާބީއެއް ލިބިފައިނުވާތީ، އެކަމާ ގުޅިގެން ޖޫނިއާ އެންޓީއާރު މިހާރު އެއްވެސް ޗާންސެއް ނަގަން ބޭނުން ނުވާ ކަމަށެވެ.

ޑްރެގަންގެ ޝޫޓުތައް ފަށާފައިވާއިރު، މިހާރު ނެގިފައިވާ އެއްވެސް ޝޫޓަކާ މެދު އޭނާ ހިތްހަމައެއް ނުޖެހޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ސްކްރިޕްޓު އަލުން ލިޔުމަށް ފިލްމުގެ ޑައިރެކްޓަރު ޕްރަޝަންތު ނީލް އަށް އަންގާފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

"ޖޫނިއާ އެންޓީއާރު ބޭނުންވަނީ ކޮންމެ ހާލެއްގައިވެސް ކާމިޔާބު ވާން. އެހެންވެ އޭނާ އެހެރީ ފިލްމު ރަނގަޅު ކުރުމަށް އެ 'އެކްސްޓްރާ މައިލް' އަށް ދާން ތައްޔާރަށް. މިހާރު ނެގި ޝޫޓުތައް ކަމުނުދިޔަޔަސް އެ އިތުރަށް ރަނގަޅު ކުރެވޭނެކަން އޭނާއަށް އެނގޭ. އޭނާ ބޭނުންވަނީ މިހާރު ހުރި ކޮންޓެންޓަށްވުރއ ރަނގަޅު ކޮންޓެންޓު ފިލްމުގައި ހިމަނަން" އިތުބާރު ހުރި މަސްދަރަކުން ބޮލީވުޑް ހަންގާމާއަށް ވަނީ ބުނެފައެވެ.

މި ސަބަބުތަކާހުރެ ޑްރެގަން ނިންމަން އަސްލު ޕްލޭން ކުރި ވަރަށްވުރެ ގިނަ ދުވަސް ނަގާފާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް